ޖިންސީގޯނާ ލިބުނު ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާފުށީގައި ޖިންސީގޯނާ ލިބުނު ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ރަށުން ބާލައިފިއެވެ.

މައުލޫމާތު ލިބުނު ގޮތުގައި އަންހެން މީހާ ރަށުން ބާލަން ރައްޔިތުން އިހުތިޖާޖު ކުރަމުން ފުލުހުންގެ ވެހިކަލްގެ ފަހަތުން ވަނީ ގޮސްފައި ވެއެވެ. އަދި ފުލުހުން ވަނީ އެއްވަމުން ދިޔަ މީހުނަށް ގާތް ނުވެވޭނެހެން އެ ސަރަހައްދު ބަންދު ކޮށް ދާދި ދެންމެއަކު އެ އަންހެން ރަށުން ބާލާފައެވެ.

އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މާފުށިން ވަނީ އެ ކުއްޖާގެ އޭނާ ދޮންބައްޕަ ހައްޔަރުކޮށް މާލެ ގެންގޮސްފައެވެ. އަދި އަނިޔާ ލިބުނު ކުއްޖާ ވަނީ މިއަދު ހަވީރު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން އެ އަންހެން މީހާ ގެންދިޔަ ތަނެއް ހާމައެއް ނުކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!