މާސްކް ނާޅައިގެން ކޯޓުން މާސްކު އެޅުމަށް ބްރެޒިލްގެ ރައީސްއަށް އަމުރު ކޮށްފައިވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މާސްކް ނާޅައިގެން ކޯޓުން މާސްކު އެޅުމަށް ބްރެޒިލްގެ ރައީސް ޖައިރު ބޮލްސެނާރޯ އަށް އަމުރު ކޮށްފައިވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް ހުރެގެން ބޮލްސެނާރޯ އިއްޔެ ހެއްދެވި ހަތަރު ވަނަ ޓެސްޓު ވަނީ ޕޮޒިޓިވްވެފައި އެވެ. މިހާރު ރައީސް އަށް ހައިޑްރޮކްސިންކްލޮރޮކީން ބޭނުން ކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ސީއެންއެން އިން ބުނެ އެވެ. 

ބްރެޒިލްގެ ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ ކޮވިޑް-19 އަކީ އާދައިގެ ބައްޔެއް ކަމަށް ބުނެ، އެ ބައްޔާ މެދު މާބޮޑު ސަމާލުކަމެއް ދޭން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ. 

ބޮލްސެނާރޯ ވަނީ އެތައް ފަހަރެއްގެ މަތިން ސިއްހީ މާހިރުންގެ ބަސް ގަބޫލުނުކޮށް މާސްކު އެޅުމަށްވެސް އިންކާރިކޮށްފައެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި ކޯޓުންވަނީ އޭނާއަށް މާސްކުއެޅުމަށް އަމުރު ކޮށްފައެވެ.

މިހާތަނަށް 1,623,284 މީހުން ބްރެޒިލް އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އެގަމުން ބަލި ޖެހުނު މީހުންގެ ތެރެއިން 65,000 ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!