ކުޑަކުއްޖެއްގެ ފުއްޕާމޭގައި ކާ އެތިކޮޅެއް ތާށިވެއްޖެ

ކުޑަކުއްޖެއްގެ ފުއްޕާމޭގެ ނޭވާލާ ހޮޅިއެއްގެ ތެރޭގައި ކާ އެތިކޮޅެއް ތާށިވެއްޖެ އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އެތެރަހަށީގެ ޑޮކްޓަރ މުހައްމަދު އަލީ މިއަދު ވިދާޅުވީ، ފަސް އަހަރުން ދަށުގެ ކުއްޖެއްގެ ސީޓީ ސްކޭނެއް ހެދިއިރު، ނޭވާލާ މައި ހޮޅިއަށް ވުރެ ވެސް އެތެރޭގައި ކާ އޭތިކޮޅު ތާށިވެފައިވާ ކަން އެނގުނު ކަމަށެވެ. އަދި އެ އެތިކޮޅު ނަގަން އައިޖީއެމްއެޗްގެ ޑޮކްޓަރުން މަސައްކަތްކުރި ނަމަވެސް އެ އޮޕެރޭޝަންއިން އެ އެތިކޮޅު ނެގޭ ގޮތެއް ނުވި ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ އިތުރަށް ދެން ޖެހޭނީ ފުއްޕާމޭ ހުޅުވައި އެ ކާ އެތިކޮޅާއެކު އެ އިން ހިސާބު ނަގަން ކަމަށެވެ.

ޑޮކްޓަރ މުހައްމަދު އަލީ އިތުރަށް ވަނީ ކުޑަކުދިން އަނގަޔަށް އެކި ޒާތުގެ އެއްޗެހިލުމުގެ ފުރުސަތު ނުދިނުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!