10 އަހަރުގެ ދަރިފުޅަށް ދޮން ބައްޕަ ޖިންސީ ގޯނާ ކުރާކަން ސިއްރުކުރި މަންމައަކު މާފުށިން ބޭރުކުރަން މުޒާހަރާ ކުރަނީ

ކ. މާފުށީގައި 10 އަހަރުގެ ދަރިފުޅަށް ދޮން ބައްޕަ ޖިންސީ ގޯނާ ކުރާކަން އެނގިހުރެ އެކަން ފޮރުވި މަންމައަކު ރަށުން ބޭލުމަށް ގޮވާލާ، އެރަށުގައި މުޒާހަރާ ކުރަމުން އެބަ ދެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނަ ކުރި މައްސަލައެއްގައި، އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހެއްގެ އިހުމާލު ވާކަމަށް ބުނެ އެ މީހާ އާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މާފުށީގައި ބަޔަކު އިހުތިޖާޖު ކުރަމުން ދާ ކަމަށެވެ. އަދި މި އިހުތިޖާޖު ގައި ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދަޅުވީ އިހުތިޖާޖު ކުރިއަށް ގެންދާ ސަރަހައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!