ސިފައިންނާއި ފުލުހުންގެ ފްލެޓުތައް މި އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ: އައިލެންޑު އެކްސްޕާޓު

ސިފައިންނާއި ފުލުހުންނަށް ހާއްސަ ކޮށްގެން މީގެ އަށް އަހަރު ކުރިން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ފްލެޓުތަކުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ތައިލެންޑުގެ ކޮންޓްރެކްޓަރު އައިލެންޑު އެކްސްޕާޓުން މިއަދު ބުނެފި އެވެ.

 އައިލެންޑު އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ “މިހާރު” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، 2016 ގެ ފަހުން ވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް ދިގުލައިގެން ދިއުމުގައި އޮތީ ހަމަ އެކަނި އެ ކުންފުނީގެ މައްސަލަަ ވެސް ނޫން ކަމަށެވެ. އަދި އެ މަސަތްކަތް ލަސްވާން ދިމާވި އެއް ސަބަބަކީ އެއީ “ވަރަށް ސިޔާސީ” މަޝްރޫއަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފްލެޓުތަކުގެ މަސައްކަތް ފެށި ފަހުން ރާއްޖޭގެ ވެރިކަމަށް ތިން ފަހަރެއްގެ މަތިން ބަދަލު އައިސްފައިވާއިރު، އެއިން ކޮންމެ ފަހަރަކު ވެސް ފްލެޓްތަކުގެ މަސައްކަތަށް އަސަރުކުރި ކަމަށް އަނޮން ވިދާޅުވެ އެވެ. ނަމަވެސް މި އަހަރުގެ ނިޔަލަށް ފްލެޓުތައް ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފްލެޓުތައް އިމާރާތް ކުރަން ފުރަތަމަ ހަވާލުކުރީ ނޫމަޑިއާ އެވެ. ނޫމަޑީގެ އެއް ހިއްސާދާރުގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް އައިލެންޑު އެކްސްޕާޓުން ފުރަތަމަ މަސައްކަތް ނެގީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގަ އެވެ. އެކަމަކު، ފްލެޓު އިމާރާތް ކުރުމަށް ސިފައިންގެ ކުންފުނި ސިފްކޯ އާއި ފުލުހުންގެ ކުންފުނި ޕޮލްކޯ އިން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު 2016 ގައި މަސައްކަތް އަލުން ހަވާލުކުރީ ސީދާ އައިލެންޑް އެކްސްޕާޓާ އެވެ. އެހެންވެ، ފްލެޓުތަކުގެ މަސައްކަތް އެ އަހަރުން ފެށިގެން ކުރަމުން އަންނަނީ އެ ކުންފުނިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!