އުތެމައާ ގުޅޭގޮތުން އަދާލަތުގެ ކަންބޮޑުވުންތައް މިނިސްޓަރު މަހްލޫފާ ހިއްސާކޮށްފި

އިސްލާމްދީނާއި ދެކޮޅު ވާހަކަތަކެއް ހިމަނާފައިވާ ރިޕޯޓެއް ނެރެފައިވާ އުތެމަ ޖަމިއްޔާގެ މައްސަލައިގަ އަދާލަތު ޕާތީގެ އިލްމުވެރިން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ބައްދަލުކޮށްފި އެވެ.

އަދާލަތު ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އުތެމަ ޖަމިއްޔާއިން ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ޝެޑޯ ރިޕޯޓުގައި ހުރި އިސްލާމްދީނާއި ހިލާފް ކަންކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ޔޫތު މިނިސްޓަރާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އިސްލާމްދީނުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާއި މެދު ސުވާލު އުފައްދައި، އަދި އިސްލާމްދީން ގަބޫލު ނުކުރާ ދިވެހިން ދިފާއުކޮށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ “އުތެމާ” އިން ނެރެފައިވާ ރިޕޯޓަކީ އިސްލާމީ ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަވާ ގޮތަށް އެކުލަވާލައިފައިވާ ރިޕޯޓެއް ކަމަށް އަދާލަތުން ބުނެއެވެ.

އަދާލަތުން ވަނީ 2015 އަހަރު ޝާއިއުކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލުމާއެކު އިޖުތިމާއީ ހާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވަޒަން ކުރުމަށް ފަހު ކަމަށް ބުނެ އަންހެނުންނާ މެދު ކުރެވޭ ތަފާތު ކުރުންތައް ނައްތާލުމަށް އދގެ ބައިނަލްއަގްވާމީ މުއާހަދާ ސީޑޯ ކޮމިޓީއަށް ހުށަހެޅުމަށް އުތެމަ ޖަމިއްޔާއިން މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އާންމު ކުރި ރިޕޯޓާ މެދު ކަންބޮޑުވުންތައް ފާޅުކޮށް ބަޔާނެއް ވެސް ނެރެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!