އައްޑޫ އަދި ކުޅުދުއްފުށި ބަނދަރުތަކަށް ގެންނަ މުދަލުން %50 ޑިއުޓީ ކުޑަކުރަށް ފާސްކޮށްފި

އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ ޕޯޓަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހުގެނެސް އެބިލް ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށްފައިވާ މިބިލަށް ޖުމްލަ 6 އިސްލާހެއް ހުށަހަޅައި އެއިސްލާހުތައް ވަނީ ފާސްކޮށްފައެވެ. އައްޑު އާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. މިއިސްލާހަށް ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ. މި އިސްލާހު މުޅިމަޖިލީޙުގެ ކޮމިޓީން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓުންނެވެ.

އެފަދައިން 50 ޕަސެންޓު ކަނޑާލުމަށް އޭނާ ވަނީ ގިނަ ޗެޕްޓަރުތަކެއް ހުށަހަޅާފައެވެ. އޭގައި 96 ޗެޕްޓަރު ހިމެނޭއިރު އެ ޗެޕްޓަރުތަކުގައި ހިމެނެނީ އުފައްދާފައިވާ ހުންނަ ބާވަތްތަކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ ތަކެތިވެސް އޭގެ ތެރޭގައި ހިމެނޭއިރު މިހާރު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ ތަކެތިން 200 ޕަސެންޓު ނަގައެވެ. ނަމަވެސް އައްޑޫ އަދި ކުޅުދުއްފުއްޓަށް ގެންނަ ބާވަތްތަކުން 50 ޕަސެންޓު އުނި ކުރާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!