އުމަރަކަށް އިދިކޮޅަކުން ޖާގައެއް ނެތް: އަބްދުއްރަހީމް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އިދިކޮޅު ކޯލިޝަނުން ޖާގައެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާ ހުންނެވީ އެހެން އެއްވެސް ސިޔާސީ ލީޑަރަކު ކޮނޑަށް ލައިގެން ހިނގައިދޭ ގޮތަށް ނޫން ކަމަށެވެ. މިހާރު ތިބި ލީޑަރުން ފަހަތަށް ޖެހި ދެން އޮތް “ޖެނަރޭޝަން” އަށް ފުރުސަތު ދޭންވީ ވަގުތު ޖެހިއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ.އެހެން މީހެއްގެ ފަހަތަކަށް އަޅުގަނޑު ނާރާނަން. ރައީސް ކަމަށް ދެން ވަޑައިނުގެންނެވޭނެ ކަމަށް ރައީސް ޔާމީނަށްވެސް ދެންނެވިންއުމަރު ނަސީރު

އުމަރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ލީޑަޝިޕު އުމަރާއި ހަވާލުކޮށްފި ނަމަ އެ ޕާޓީއަށް ކާމިޔާބު ހޯދައިދޭނެ ކަމަށެވެ. 

މިކަމަށް ރައްދު ދެއްވަމުން ޕީޖީ އޮފީހުގައި މިއަދު އޮތް އެ ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ޖާގައެއް އުމަރަށް ނެތް ކަމަށެވެ. އަދި ތަބަކަށް ލައިގެން ޕީޕީއެމް ޕީއެންސީ އުމަރުގެ އަތްޕުޅަށް ލައިދޭނެކަމަށް ވިސްނުން ނުބެހެއްޓުމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

“އުމަރު ނަސީރަށް ހީވަނީތޯ އަޅުގަނޑުމެން ތަބަކަކަށް ލައިގެން އުމަރަށް ޕީޕީއެމް ޕީއެންސީ ދީފާނެއޭ، ހަނދާންނައްތާލާ! އެކަމެއް ނުވާނެ. އުމަރުނަސީރަކަށް ޕީޕީއެމް ޕީއެންސީގެ ޖާގައެއް ނުލިބޭނެ.” އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރަކީ އަމިއްލަ ފަރުދެއް ކަމަށާއި ސިޔާސީ މައިދާނުގައި އޭނައަކީ އިދިކޮޅު ކޯލިޝަނުން ޖަވާބުދާރީ ވާންޖެހޭ މީހެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!