އިދިކޮޅުގެ ކަންބޮޑުވުންތައް ޕީޖީއާ ހިއްސާކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން، ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމާ ބައްދަލު ކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފިއެވެ.

ޕީޖީ އޮފީހުގައި މިއަދު އޮތް އެ ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދެކޮޅަށް އުފުލަމުންދާ ދައުވާތަކާއި މިހާރުގެ ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމާއި ގުޅިގެން އިދިކޮޅުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ކަމަށެވެ.

މީގެ އިތުރުން އެމްޑީއެންގެ މައްސަލާގައި އެރިޕޯޓު ލިޔުނު މީހުންނަށް މިހާތަނަށް އައިރު ފިޔަވަޅެއް ނޭޅި، އެ މައްސަލައިގެ އިތުރު ތަފްސީލެއް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ޕީޖީއާއި ހިއްސާކޮށްފައި ވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މުޖްތަމައު ތެރޭގައި މިހާރު ފެންމަތިވަމުން އަންނަ ރޭޕް ކޭސްތަކާއި، ޖިންސީ ގޯނާއާއި ފުރައްސާރައިގެ އެކި އަމަލުތަކާއި މެދު ފިޔަވަޅު ނޭޅި، ސަރުކާރުން އެކަންކަމަށް ސަމާލުކަމެއް ދީފައި ނުވުމުން އެކަމުގެ ކަންބޮޑުވުންތައްވެސް ޕީޖީއާއި ހިއްސާ ކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ތިން ދުވަހަށް ވުރެ ގިނަ ދުވަސް މައްސަލަ ބަލަން ޕީޖީގައި ހޭދަނުވާނެ ކަމަށް ޝަމީމް ވިދާޅުވި ކަމަށެވެ. އަދި ބައެއް މައްސަލަތަކުގެ ޝަރިއްޔަތް ދެ ދުވަސްތެރޭގައި ނިމޭއިރު އަނެއް ބައި މައްސަލަތައް ލަސްވަމުން ދާ ދިއުމަކީ މިހާރު ސިސްޓަމަށް ގެނެވިފައިވާ ބަދަލެއް ކަމަށް ޕީޖީ ވިދާޅުވިކަމުގައި އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!