ޝުޝާންތް އަށް ބަންސާލީގެ ފިލމުތަށް ކުޅެން ފުރުސަތު ނުލިބުނީ ކީތްވެ؟

އިންޑިއާގެ ފިލްމް އުފެއްދުންތެރިޔާ ސަންޖޭ ލީލާ ބަންސާލީ، ސުޝަަންތް ސިންގ ރާޖްޕުތް އާއެކު ހަތަރު ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެފައި އޮތް ނަމަވެސް، އެކަން އެގޮތަށް ހަމަޖެހިގެން ނުދިޔަ ސަބަބު ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ ސުސަޝަންތް މަރާއި ގުޅިގެން ފުލުހުންނަށް ސަންޖޭ ދިން ބަޔާނުގައެވެ. އޭނާގެ މަރާއި ގުޅިގެން ސަންޖޭގެ ބަޔާން ނަގާފައި ވަނީ އިއްޔެއެވެ. ތިން ގަޑިއެއްހާ އިރު އެ ބަޔާން ނެގުމަށް ހޭދަވިކަމަށް ވެއެވެ.

ބަޔާން ދިނުމަށް ދިއުމުން ފުލުހުން ސަންޖޭއާއި ސުވާލު ކޮށްފައި ވަަނީ، އޭނާގެ ޕްރޮޑަކްޝަން ހައުސްގެ ދަށުން، ސުޝަންތްއަށް ދޭން ނިންމި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުންނެވެ.

މޮޅެތި ފިލްމްތައް އުފައްދާވަފައިވާ ސަންޖޭ ބުނީ، އެ ފުރުސަތު ސުޝަންތްއަށް ގެއްލުނީ، ސުޝަންތްއަށް އެ ފިލްމްތައް ކުޅެވޭނެ ތާރީހުތަކަކީ އޭނާގެ ޕްރޮޖެކްޓްތަކަށް އެންމެ އެކަށޭނެ ތާރީހުތަކަށް ނުވުން ކަމަށެވެ. އެެހެންވެ އެހެން އެކްޓަރަކަށް އެ ފުުރުސަތު ދިނީ ކަމަށް ސަންޖޭ ބުނެފައި ވެއެވެ.

ސުޝަންތްގެ މަރާއި ގުޅިގެން 34 މީހެއްގެ ބަޔާން މިހާތަނަށް ނަގާފައި ވެއެވެ.

އުމުރުން 34 އަހަރުގެ ސުޝަންތް އަމިއްލައަށް މަރުވެފައި ވަނީ ޖޫން 14 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!