އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

މިކަމަކަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަޤާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އަކީ ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި ސިވިލް އަދި ޕަބްލިކް އެވެއަރޒްގެ ޚިދުމަތްތަކާއި، ލީގަލް ސަޕޯޓާއި، އަސްކަރީ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމާއި ހިއުމަން ރިސޯސް އާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަރޓީސް ފޯރުކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ސަޕޯޓް ސަރވިސްއެވެ.

ކާނަލް މުޙައްމަދު އިބްރާހީމް ކުރިން ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަޤާމުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!