ފުލުހުންނަށް ފޯނު ނުދީ ހަލާކުކޮށްލުމުން ޖަލަށް

ފުލުހުންގެ ތަހުގީގަށް ހައްޔަރުކުރަން ދިޔަ މީހަކު ފޯނު ނުދީ ހަލާކުކޮށްލުމުން އެއް އަހަރާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ބޮން ގޮއްވި މައްސަލާގައި ކުރިން ހައްޔަރުކުރުމަށް ފަހު ދޫކޮށްފައި ހުރި އަބްދުއްލަތީފް އިބްރާހިމެވެ.

އޭނާ ހައްޔަރުކުރަން ދިޔައީ، މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ރާވަމުންދިޔަ ކަމެއްގެ ތަހުގީގަށެވެ. އެނގިފައިވާ ގޮތުގައި ޖަލުގައި ތިބި މީހުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން، އެކަމާ ގުޅިގެން އަބްދުއްލަތީފް ހައްޔަރުކުރަން ދިއުމުން އޭނާ ވަނީ ފޯނު ފުލުހުނަށް ނުދީ ހަލާކު ކޮށްލާފައެވެ.

އެމައްސަލާގައި ދެން ދައުލަތުން ދައުވާ އުފުލީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާއެވެ. ގަމު މެޖިސްޓްރޭޓް ކޯޓުގައި ބެލި މިމައްސަލަ ލަތީފާ ދެކޮޅަށް ނިމި އޭނާ ވަނީ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!