ކަންގަނާ ގެ މި ފަަހރުގެ ޓާގެޓަކީ ކާކުކަން އިނގޭތަ؟

ކަންގަނާ ރަނޯތަކީ ބޮލީވުޑް މާފިޔާ އާއި ނެޕޮޓިޒަމް އަށް އެއްބާރުލުން ދީ ހިތްވަރުދޭ މީހުންނަށް ޓާގެޓް ކުރާ ހިތްވަރުގަދަ ހުނަރުވެރި ފަންނާނެކެވެ. ދާދި ފަހުން ތާޕްސީ ޕަންނާއަށް ޓާގެޓް ކޮށް ކަންގަނާގެ ޓީމް ވަނީ ސްކްރީން ޝޯޓް ތަކަކާ އާޓިކަލް ތަކެއް އަޕްލޯޑްކޮށްފައިއެވެ.

ގިނަބަޔަކު އެމީހުނަކީ ރަނގަޅުބައެއް ކަމަށް ބޮލީވުޑް މާފިޔާ އަށް ދެއްކުމުގެ ތެރޭގައި ވުމެން ހެރެސްމެންޓް ފަދަ މުޑުދާރު ހަރަކާތްތަށް މީސް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރާކަމަށް ކަންގަނާ ބުނެފައިވެވެ.

މި ޕޯސްޓްގައި ކަންގަނާ ވަނީ ތާޕްސީ ޓެގް ކޮށް ޝޭމް އޮން ޔޫ އޭ ބުނެފައިއެވެ.

މި ޕޯސްޓް އަށް ރައްދު ދީ ތާޕްސީވެސް ވަނީ ޕޯސްޓް އެއް ކޮފައިއެވެ. ތާޕްސީގެ ޕޯސްޓްގައި ވަނީ ބިޓާ ޕީޕަލް ކޯޓްސް ޝެއާކޮށްފައިއެވެ. މި ޕޯސްޓް ތާޕްސީ ވަކި މީހަކަށް އަމާޒުކޮށްފައި ނުވިޔަސް މިއީ ކަންގަނާގެ ޕޯސްޓަށް ދިން ރައްދެއްކަން އެގެއެވެ.

މީ ތާޕްސީ އާއި ކަންގަނާގެ މެދުގައި ހަމަނުޖެހުން އުފެދުން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ކަންގަނާގެ މެނޭޖަރ އަދި ދައްތަ ރަންގޯލީ ރަނޯތް ކޮސްފައިވާ ޕޯސްޓްއެއްގައި ތާޕްސިއަކީ ކަންގަނާގެ ޗީޕް ކޮޕީއެއް ކަމުގައި ބުނެފައިވެވެ.

ކަންގަނާ އަކީ ބޮލީވުޑްގައި ނެޕޮޓިޒަމް އާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލަތު ކުރަމުންދާ އެއްތަރިއެވެ. އޭނާ އެންމެ ބޮޑަށް އެކަމުގައި ތުހުމަތުގެ އިނގިލި ދިއްކޮށްފައިވަނީ ކަރަން ޖޯހަރުއަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!