އައުޓްރީޗު ޕްރޮގުރާމުގައި 429 މީހުން ބަލާފައިވާނެ: ކުޅުދުއްފުށީ ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައުޓްރީޗު ޕްރޮގުރާމުގައި ހަތަރުސަތޭކަ ނަވާވިސް ބަލިމީހުން ބަލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ބުނެފައިވަނީ ކޮވިޑް19އާ ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ދަތިކަން ހުރުމާއެކު، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމުގެ ގޮތުން ހދ އަތޮޅުގެ ސްކޭން އަދި ގައިނީ އައުޓްރީޗު ޕްރޮގުރާމެއް ހިންގާފައިވާނެކަމަށެވެ.   

އޭނާ ބުނީ 18 ދުވަހުގެ ތެރޭގައި ހިންގި އެ ޕްރޮގުރާމުގައި ޖުމްލަ 429 މީހުން ބަލާފައިވާއިރު އަންހެނުންގެ ޑޮކްޓަރަށް 202 މީހުން ދައްކާފައިވާކަމަށެވެ. އަދި އެތެރެހަށީގެ ޑޮކްޓަރަށް 166 މީހުން ދައްކާފައިވާކަމަށާއި ކުޑަކުދިންގެ ޑޮކްޓަރަށް 41 ކުއްޖަކާއި، ހަމުގެ ޑޮކްޓަރަށް 14 މީހުން ދައްކާފައިވާކަމަށް ދާއޫދު ވިދާޅުވި އެވެ. އަދި ނަފްސާނީ ބަލީގައި ހަ މީހުން ޑޮކްޓަރަށް ދެއްކި ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

އޭގެ އިތުރުން އޭނާ ބުނެފައިވަނީ ޕްރޮގުރާމުގައި ކޮންމެ ރަށެއްގައި ވެސް ހަ ދުވަހު ރޭޑިއޮލޮޖިސްޓް ހިދުމަތް ދީފައވާއިރު ފުނަދޫގައި ޖޫން 18 އިން ޖޫން 26 އަށް، ދިއްދޫގައި ޖުލައި ހަތަރަކުން ޖުލައި 10 އަށް ހިދުމަތް ފޯރުކޮށްދީފައިވާނެކަމަށެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!