ފޮޓޯ: މިހާރު

ހިޔާ ފްލެޓަށް އެދުނު މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބަލަން ނުގުޅި ހުރި ފަރާތްތަކުގެ ނަން ހާމަކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިޔަށްދާ “ހިޔާ” މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ހާމަކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ “ހިޔާ މަޝްރޫޢު” ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ “ދިރިއުޅުމުގެ ހާލަތު” ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަންތައް ހާމަކޮށްފައިވާ ކަމަށެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ގެޒެޓް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދިH4 ،H5 ،H6 ، H8 އަދި H10 އެ ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތައް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ “ދިރިއުޅުމުގެ ހާލަތު” ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައި ނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައްވެސް ޢާންމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ އީ ފްލެޓް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަކުރާ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މިއަދު އާންމު ކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުން އަންނަ ހަފްތާ އަންގާރަ ދުވަހުގެ ކުރިން https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!