ކަނޑޫފާ ވީނުވީއެއް ނޭނގި މަރުވާ މައްސަލަ ބަލަން ފަށައިފި

ހދ. ނޭކުރަންދޫގައި އޮންނަ، ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާއިން ގިނަ އަދަދެއްގެ ގަސްތައް ވީނުވީއެއް ނޭނގި މަރުވެފައިވާ މައްސަލަ ބަލަން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ކެލާ އަދި ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ސަރަހައްދެއް ނެތެމުންދާ ކަމުގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.

އީޕީއޭއިން ބުނީ، ދިރާސާ ކުރާ ޓީމު އިއްޔެ ކެލާއަށް ގޮސްފައިވާ ކަމަށާއި، އަދި މި ހަފުތާގެ ނިޔަލަށް ނޭކުރެންދޫއަށް ވެސް ދާނެ ކަމަށެވެ.

ކަނޑޫފާތައް މަރުވުމަށް ގިނަ ސަބަބުތަކެއް މެދުވެރިވެ އެވެ. މި ދެ ކަނޑޫފަލަކީ ވެސް ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތް ކޮށްފައިވާ ދެ ސަރަހައްދެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!