ލައިބްރަރީއިން ގެންނަ ފޮތްތައް މައިކްރޯވޭވް ކޮށްފި

ކޮރޯނާ ވައިރަހުން ސަލާމަތްވުމަށްޓަކައި ލައިބްރަރީއިން ގެނައި ފޮތްތަކެއް މައިކްރޯވޭވް ކޮށްފިއެވެ.

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ލައިބްރަރީއަކަށް އަނބުރާ ރައްދުކުރި މި ފޮތްތަކުގެ ބައެއް ތަންތަނުން އަނދާފައިވާ މަންޒަރު ފެންނަ ފޮޓޯތައް އެ ލައިބްރަރީއިން ވަނީ ފޭސްބުކްގައި ހިއްސާކޮށްފައެވެ. އެ ލައިބްރަރީއިން ބުނި ގޮތުގައި އެ ލައިބްރަރީއިން ދޫކުރާ ހުރިހާ ފޮތްތަކެއްގައިވެސް ރޭޑިއޯ ފްރީކުއެންސީ ދަނގަނޑުތަކެއްވެއެވެ. މިގޮތުން އޭގައި އިންނަ ދަނގަނޑުކޮޅު މައިކްރޯވޭވް ކުރުމުން އަލިފާން ރޯވާނެ ކަމަށް ބުނެފައިވެއެވެ.

އެ ލައިބްރަރީއިން ބުނީ އެތަނަށް ރައްދުކުރާ ހުރިހާ ފޮތްތަކެއްވެސް 72 ގަޑިއިރު ވަންދެން ކަރަންޓީންކޮށްފައި ބަހައްޓާކަމަށެވެ.

ދިރާސާތައް ބުނާގޮތުން ސާރސް-ކޮވް-2 (ވައިރަސް) ކާޑްބޯޑުޑުގައި ހަރުލާފައި ހުންނަނީ ސައުވީސް ގަޑިއިރަށެވެ. އަދި ޕްލާސްޓިކް އަދި ސްޓެއިންލެސް ސްޓީލްގައި 3 ދުވަހުގެ މުއްދަތަކަށް ވައިރަސް ހަރުލާފައި ހުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!