ގުޅުން ނެތް ކޭސްތައް ގިނަވާތީ ސަމާލުވާންޖެހޭ: ޑރ. އަފްޒަލް

ގުޅުން ނެތް ކޮވިޑް ކޭސްތައް ގިނަވާތީ ސަމާލުވާންޖެހޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑޮކްޓަރ އަފްޒަލް ވިދަޅުވީ، އެއްވެސް ކްލަސްޓާއަކާ ނުވަތަ ކުރީގެ ޕޮޒިޓިވް ކޭސްތަކާ ގުޅުމެއް ނެތް ޕޮޒިޓިވް ކޭސްތައް އިތުރުވެ ސަމާލުވާންޖެހޭ ކަމަށާއި އެކަމަކު ފިޔަވަޅުތައް ހަރުކަށިކުރަން ޖެހޭ ވަރަށް ގިނައެއް ނޫން ކަމަށެވެ. 

ޑޮކްޓަރ އަފްޒަލް ވިދާޅުވީ، ފުރަބަންދަށް ދިން ލުއިތަކާއެކު ފެންނަ ޕޮޒިޓިވް ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށެވެ. ނަމަވެސް އެ ކޭސްތަކުގެ ތެރެއިން އެއްވެސް ކްލަސްޓާއަކާއި ގުޅުން ނެތް ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު ހުރީ %30 އާއި %40 އާއި ދެމެދުކަމަށް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

“އެދުވަހެއްގަ ފެންނަ ކޭސަސްއަށް ބަލާއިރު ނޮން ލިންކް ކޭސްގެ ނިސްބަތް ޖޫންގެ ފަހުކޮޅުން ފެށިގެން ޖުލައިގެ މިހާތަނަށް ބަލާލާއިރު ގާތްގަނޑަކަށް %30 އާއި %40 އާއި ދެމެދުގަ ހިފެހެއްޓިފަ މިހުންނަނީ. މިއީ ބަލާލެވިދާނެ ރަންކޮޅެއް ގިނަކަމަށް.” ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.

ފުރަބަންދުގެ ލުއިތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ ޕޮޒިޓިވް ކޭސްތައް ގިނަވަމުންގޮސް ޙާލަތު އިތުރަށް ގޯސްވާނަމަ އަލުން ފުރަބަންދަށް ދާންޖެހުމަކީ އެކަށީގެންވާކަމެއްކމަށް ހެލްތު މިނިސްޓަރ ވެސް ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!