މުވައްޒަފުން މުޒާހަރާއެއް ނުކުރޭ: އާރްސީސީ

ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް މުޒާހަރާ ކުރަނީ ކަމަށް ބުނެ ދައުރުވަމުން އަންނަ ފޮޓޯ އާއި ގުޅިގެން ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

އާރްސީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ވީޑިއޯ ނަގާފައި ވަނީ މުވައްޒަފުން ވޯކް ވިސާ ކާޑު ހެއްދުމަށް ފޮޓޯ ނެގުމަށް މ. ފޮޓޯ ފްރެންޑު ކައިރީގައި ކިއުގައި ތިއްބާ ކަމަށެވެ. އަދި އެގޮތަށް މުވައްޒަފުން ތިއްބާ މުވައްޒަފުން މުޒާހަރާ ކުރަނީ ކަމަށްބުނެ އެމްވީ ކްރައިސިސް އިން ދޮގު ހަބަރު ފަތުރާފައި ވާތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި އެ މައްސަލާގައި ދައުވާ ކުރާނެ ކަމަށް އާރްސީސީން ބުނެއެވެ.

ނާޒިމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި އެމްވީ ކްރައިސިސް އިން ހިންގާ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ފޭކް ނިއުސް ފެތުރުމަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!