ދިލް ބޭޗާރާ ޓްރެއިލާއިން ގިނަ ބަޔަކު ލޮލުގައި އަޅައިގަތީ ސުޝާންތުގެ ކޯއްޗެއްކަން އެނގޭތަ؟

މިދިޔަ މަހު 14 ވަނަ ދުވަހު މަރުވި ޒުވާން ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ އެންމެ ފަހުގެ ފިލްމު “ދިލް ބޭޗާރާ” ގެ ޓްރެއިލާ ދައްކާލުމާއި އެކު ގިނަ ބަޔަކު ލޮލުގައި އަޅައިގަތީ ސުޝާންތު ލާފައި ހުރި ޓީޝާޓުގައެވެ.

ސުޝާންތު ލީޑު ރޯލުން ފެނިގެންދާ 2014 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު، ‘ދަ ފޯލްޓް އިން އަވާ ސްޓާޒް’ގެ ހިންދީ ރީމޭކްގެ މި ފިލްމަކީ ސުޝާންތުގެ ގިނަ ފޭނުން ބެލުމަށް އިންތިޒާރުކުރި ޓްރެއިލާއެކެވެ. ފިލްމުގެ ޓްރެއިލާ އާންމުކުރިފަހުން މިހާތަނަށް 2 މިލިއަނާ ގާތަށް މީހުން ވަނީ ޓްރެއިލާ ބަލާފައެވެ. މިއީ ރެކޯޑެއް ކަމަށްވެސް ގިނަ މީޑިއާތަކުން ދަނީ ބުނަމުންނެވެ.

ފިލްމުގެ ޓްރެއިލާއިން ގިނަ ބަޔަކު ލޮލުގައި އަޅައިގަތީ ސުޝާންތު ލާފައި ހުރި ޓީޝާޓުގައެވެ. އެގޮތުން އެޓީޝާޓުގައި ޖަހާފައި އިންނަނީ “ހެލްޕް” އެވެ. މި މަންޒަރަށް ގިނަ ބަޔަކު ދަނީ އެމީހުންގެ ހިތުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ޑިޕްރެޝަންއަށް ފަރުވާކުރަމުން ދިޔަ ސުޝާންތްގެ މަރާއިއެކު، އޭނާގެ އެންމެ ފަހުގެ ފިލްމުގެ ޓްރެއިލާއިން މި މަންޒަރު ފޭނުންނަށް ފެނުމުން ގިނަ ބަޔަކު ބުނަމުން ދަނީ އޭގެންވެސް އިނގެނީ އޭނާ އެހީއަކަށް ބޭނުންވެފައި ހުރި މިންވަރު ކަމަށެވެ.

އެއްބަޔަކު ބުނާ ގޮތުގައި އޭނާގެ ރީތި ހިނިތުންވުމުން ހެވިފައި ހުރި އިރު އޭނާ މެސެޖުދެމުން ގެންދިޔައީ އޭނާ އަޅާ ވޭނުން ސަލާމަތްކޮށްދިނުމަށް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!