64 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 64 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުގެ އިރިއޮއްސި 18:00 އާއި ހަމައަށް 64 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިއާއިއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 2113އަށް ވަނީ އަރާފައެވެ. އަދި މިހާރު މި ބައްޔަށް ފަރުވާ ދެމުން ދަނީ 361 މީހަކަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި 12 މީހަކު ވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!