މިނިސްޓަރ ޝާހިދު، އެމެރިކާގެ ޚާރިޖީ ވަޒީރުއާއި ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ފޯނުން ގުޅުއްވާ، މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން މި ބަލިމަޑުކަމުން އަރައިގަތުމަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރ އަދާކުރައްވާފައެވެ.

އަދި އެމެރިކާއަކީ އަބަދުވެސް ރާއްޖެއާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!