IruOnline

ސުޝާންތު މަރުވުމުގެ ވަގުތުކޮޅެއްކުރިން ބެލީ މި ލިޔުންތަށް

ސުޝާންތު ސިންގު ރާޖުޕުތުގެ މަރާ ގުޅިގެން އެކިމީހުން ދަނީ ތަފާތު ވާހަކަތަށް ދައްކަމުންނެވެ. އެއްބަޔަކު އޭނާ އަމިއްލައަށް މަރުވީކަމުގައި ނިންމާފައިވާއިރު އަނެއް ބަޔަކު ބުނަމުންދަނީ ސުޝާންތުގެ މަރަކީ ބަޔަކު ހިންގި ނުބައި އަމަލެއްކަމަށެވެ.

މިމައްސަލައިގައި މިހާތަނަށް އިންޑިއާގެ ޕޮލިހުންކުރި މަސައްކަތުން ވަނީ ސުޝާންތު ސިންގުގެ ފޯނުން އެންމެ ފަހުން ވަދެފައިވާ ވެބްސައިޓުތަށް ހޯދާ ހާމަކޮއްފައެވެ.

ހައިރާންކުރުވަނިވި އެތަށް ސުވާލުތަކެއް މިމައްސަލައިގައި އުފައްދަމުންދާ މިދަނޑިވަޅުގައި ސުޝާންތު މަރުވުމުގެ ވަގުތުކޮޅެއްކުރިން މުޅިންވެސް ގޫގުލްއިން ބަލާފައި ހުރީ އޭނާގެ ނަމުގައި ލިޔެފައިވާ އާރޓިކަލުތަކެވެ. އަމިއްލަ ނަން ޖަހައިގެން ސާރޗްކޮށް ގާތްގަޑަކަށް 11 އާރޓިކަލްއެއް އޭނާ ކިޔާފައިވާ ކަމަށް އިންޑިއާގެ ޕޮލިހުން އާއްމުކުރި މައުލޫމާތުގައިވެއެވެ.

ސުޝާންތު ސިންގު ރާޖުޕުޓުގެ މަރާ ގުޅިގެން އޭނާގެ އެކުވެރިންނާއި އާއިލާ މީހުންދީފައިވާ މައުލޫމާތުގައިވެސް އެންމެން ކަހަލަ ގޮތަކަށް ސުޝާންތު އަބަދުވެސް އޭނާއާއި ބެހޭ ގޮތުން ބަޔަކު ދޮގު ޙަބަރު ފަތުރާ މީހުންގެ މެދުގައި އަގުވައްޓާލަން މަސައްކަތްކުރާތީ ވަރަށް ކަންތަށް ބޮޑުވާކަން ފާހަގަކޮއްފައިވެއެވެ.

ސުޝާންތު އެފަދަ އާރޓިކަލްތަށް ކިޔަނީ އެ ސަބަބަށްޓަކައި ކަމަށްވުން ވަރަށްގާތެވެ. އެހެން ނަމަވެސް މިއީ އަމިއްލައަށް މަރުވި މަރުވުމެއް ކަމަށްވަނީނަމަ އެހާ ބޮޑު ފިޔަވަޅެއް ވިސްނާނުލާ ނެގީ އެ އާރޓިކަލް ތަކުން ފެނުނު ކޮން މައުލޫމާތެއްގެ ސަބަބުންކަމާމެދު ސުވާލުއުފެދެއެވެ.

 1. ލޯބިވެރިޔަކުގެ މައްސަލާގައި އަމިއްލައަށް މަރުވާނަމަ މިހާރު ސަލްމާން ޚާން އަމިއްލައަށް މަރުވާނެ.
  ފިލްމުތަކެއް ނުލިބިގެން މަރުވާނަމަ ކަންގުނާ އަމިއްލައަށް މަރުވާނެ.
  ފަޤީރުވެގެން މަރުވާނަމަ އިންޑިޔާގައި ޝުޝާންތަށްވުރެ ނިކަމެތިން ފިލްމު ކުޅޭ.
  ކާކުބާ ފިލްމެއް ކުޅެފަ އެ ފިލްމު ރިލީޒް ނުވަނީސް އަމިއްލައަށް މަރުވާނީ. އެތައް ޒަމާނެއް ކުރިން އެކަމަށް މަސައްކަތް ކޮށް،‌ ފިލްމު ކުޅެން ފުރުސަތުލިބި ބާރު ސްޕީޑްގައި ކުރިޔަށްދާ ތަރިއަކު އަމިއްލައަށް އޮއްސޭނެތަ. ކެރިއަރު ނިއްމާލާނެތަ. ޝުޝާންތު މަރާލީ. ސަބޫތު ހޭ.

  3
  0
 2. ވިކިޕީޑިއާގައި އަރާ ގަނޑި އިންޑިއާގެ ވަގުތާ ދިމާނުވުމުންއެރި ފުޝޫއެރުމެއްކަަމަށްވަނީ އެ

  4
  2
 3. ސުޝާންތ މަރުވުމުގެ މާކުރިން އެދުވަހު އޭނާ އަމިއްލައަށް ވަނި މަރުވެފަ ކަމަށް ވިކިޕީޑިޢާގަ ލިޔެފައިވޭ.

  20
  3
 4. އިންޑިޔާ މީހުންނަކީ މިދުޔެގައިވާ އެންމެ ބޯގޯސް ގަމާރު މީހުން އަޅުކަން ކުރާނެ އެއްޗެއްނުފެނުމުން ތިމާގެ އަމިއްލަ ހިޔަނި ބޭނުން ކޮށްގެން އެބަ އަޅުކަންކުރޭ

  64
  5

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!