IruOnline

ބެލުން ތެރިން މޮޔަ ހައްދައިފި

ބައެއް ފިލުމުތަކުގައި ދައްކުވައިދޭ މަންޒަރުތަށްފެނި އެތަނަކަށް ދަތުރުކޮށް ހަމަލޮލުން ބަލާލުމުގެ ޝައުގުވެރިކަން އުފެދެއެވެ. ރީތި ސުނޯ ޕާރކުތަކާއި ބަގީޗާތަށް އެތަނަކުން ފެނުމުން އެފިލުމެއްގައި އެދައްކުވައިދޭ ޤައުމަކަށް ނުވަތަ ސްޓޭޓަކަށް ޗުއްޓީއެއް ހޭދަކޮއްލުމަށް ހިގައިދާނަމޭ ހިތަށް އަރައެވެ. އެހެން ނަމަވެސް ހަޤީޤަތަކީ ކޮންމެ ފިލުމެއްގައި އެދައްކުވަދެނީ އެފިލުމެއްގައި ބުނެދޭ ލޮކޭޝަނެއް ނޫނެވެ. މިލިޔުމުގައި މިބަލާލަނީ އެގޮތަށް ބެލުންތެރިން މޮޔަ ހައްދާފައިވާ ބައެއް ފިލުމުތަކަށެވެ.

  • ހަމް ދިލް ދޭ ޗުކޭ ސަނަމް

މިއީ ނަވާރަ ސަތޭކައިގެ ފަހުކޮޅު ބެލުންތެރިންގެ ސަމާލުކަން ލިބިގެންދިޔަ ފިލުމެކެވެ. ފިލްމުގެ ދެބައިކުޅަ އެއްބައިގައި ނަންދިނީ(އައިޝްވާރިޔާ) އަދި ވަންރާޖު (އަޖޭ) ހޭދަކޮއްފައިވަނީ ފިލުމުގައި ބުނާގޮތުންނަމަ އިޓަލީގައެވެ. އެއީ ސަމީރު (ސަލްމާން ޙާން) އަކީ ފިލުމުގައި އިޓަލީގައި ދިރިއުޅޭ މީހެކެވެ. ނަންދިނީ އަދި ވަންރާޖު އިޓަލީއަށް ދަނީ ސަމީރު ހޯދުމަށެވެ. އެހެން ނަމަވެސް ހަޤީޤަތަކީ އިޓަލީގައި ކަމަށްބުނެ ކުޅެފައިވާ މަންޒަރުތަށް ނަގާފައިވަނީ އިންޑިއާގައިކަމެވެ.

  • ޔޭ ޖަވާނީ ހޭ ދިވާނީ

މިފިލުމުގައިވެސް ދައްކުވައިދެނީ މަނާލީގެ މަންޒަރުތަކެކެވެ. އެކަމަކު މަނާލީއޭބުނެ އަސްލު ދައްކާފައިވަނީ ގުލްމާގުގެ މާހައުލެވެ. ޖުއްމު ކަޝްމީރުގެ ކުރީގެ ޗީފު މިނިސްޓާރ އުމަރު އަބްދުއްﷲ ކުރެއްވި ޓްވީޓެއްގައިވެސް މިކަން ފާހަގަކޮއްފައިވެއެވެ. މިފަދަ މަންޒަރުތަކުގެ ސަބަބުން ބެލުންތެރިން އެތަންތަނަށް އައުމަށް ޝައުޤުވެރިވާ ކަމަށާއި އެކަމަކު ހަޤީޤަތުގައި އެ ދައްކުވައިދެނީ މަނާލީ ނޫންކަމަށްބުނެ #YJHD އަށް ކޮއްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ. އަދި ފިލުމުން ދައްކުވައިދެނީ ގުލްމާގުގެ ފައްޅިތަކާއި އެތަނުގެ ސުޕެން ރިސޯރޓުގެ މަންޒަރުތަށްކަން ބެލުނެތެރިންނަށް އުމަރު އަބްދުއްﷲ ވަނީ ޔަގީން ކޮއްދީފައެވެ.

  • ވީރު ޒާރާ

މިއީ އިންޑިއާގެ ފިރިހެނަކާއި ޕާކިސްތާކުގެ އަންހެން ކުއްޖަކާ ދެމެދު އުފެދޭ ލޯބީގެ ވާހަކައަކަށް ތައްޔާރުކޮއްފައިވާ މަޝްހޫރު އެކްޓަރ ޝާހުރުކުޙާންގެ ފިލުމެކެވެ. މިފިލުމުގައި ޕާކިސްތާނުގެ ގޮތުގައި ދައްކުވައިދީފައިވާ މަންޒަރުތަކަކީވެސް ބެލުންތެރިންގެ ލޮލުގައި އަޅުވާފައިވާ އަދުނެކެވެ. ފިލުމުގައި ހަރަކާތްތެރިވާ ޒާރާ (ޕުރިތީ)ގެ ޕާކިސްތާނުގައި ހުންނަ ގޭގެ ގޮތުގައި ދައްކުވައިދީފައިވަނީ ޕަތައުޑީ ޕެލަސްއެވެ. އަދި ކޯޓުގެ މަންޒަރުތަށް ނަގާފައިވަނީ އަމްރިތުސަރުގެ ކަލްސާ ކޮލެޖުގައެވެ.

  • ޗެންނާއީ އެކްސްޕުރެސް

މިފިލުމަކީވެސް މުޅި ފިލުމުކަހަލަ ގޮތަކަށް ޗެންނާއީގެ ރަމޭޝްވަރަމުގެ މަންޒަރުތަށް ދައްކުވައިދޭ ފިލުމެކެވެ. އެހެން ނަމަވެސް ހަޤިޤަތަކީ މި ފިލުމުނަގާފައިވަނީ ޕުނާގެ ކައިރީގައި އޮންނަ ވާއިގެ ދޮމް ޑަމް ލޭކުސައިޑުގައެވެ.

މީ މިފަދައިން އޮޅުވާލައިގެން ނަގާފައިވާ މަދު ފިލްމެއްގެ ވާހަކައެވެ. މިނޫނަސް ބެލުންތެރިން މޮޔަ ހައްދާފައިވާ ފިލްމްތަށް ދުނިޔޭގެ އެބަހުއްޓެވެ. އަދި ހަމަ އެހެންމެ މީ ހަމައެކަނި ބޮލީވުޑްގައި ކުރާ ކަމެއްވެސް ނުމެ ނޫންމެއެވެ.

  1. ލިޔާނެއެއްޗެއްނެތީމަ ދުފާއެއްޗެތީގެވާހަކަވެސް ލިޔެވިދާނެހަމަ ސަޅިކޮށް.

    3
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!