IruOnline

ސިޔާސީ ހައްދުފަހަނަ އެޅުން ހުއްޓުވަން ޖެހޭ: އިލްޔާސް

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހައްދުފަހަނައަޅާ ދިއުން ހުއްޓުވަން ޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިން ބާރު ވަކިކޮށް ނިޒާމެއް އެކުލަލަވާލައި ކޮންމެ ބާރެއްގެ މިންތަކާއި އިންތައް ކަނޑައެޅި ބަޔާންވެފައިވަނިކޮށް މަޖިލީހުން ޖިނާއީ ތަހުގީގުތައް ހިންގަމުންދާ ކަމަށާއި ސަރުކާރުގެ ވުޒާރާތައް ހިންގުމުގައި މަޖިލީހުން އަމުރު ކުރާ ހިސާބަށް ކަންކަން ދިއުމަކީ ހައްދު ފަހަނައެޅުން ކަމަށެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ ސިޔާސީ ހައްދު ފަހަނައެޅުން ހުއްޓުވަން ޖެހޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!