IruOnline

ފީފާ ސެންޗަރީ ކުލަބުގައި އިމްރާން ހިމެނިއްޖެ

ފީފާގެ ސެންޗަރީ ކުލަބުގައި ރާއްޖޭގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ހިމެނިއްޖެ އެވެ.

ފީފާ ސެންޗަރީ ކުލަބަކީ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅުނު ކުޅުންތެރިންގެ ހިމެނޭ ކެޓަގަރީގެ ލިސްޓެވެ. 

ފީފާ އިން އާންމު ކުރި މި ލިސްޓުގައި އިމްރާން އަކީ ފީފާ ސެންޗަރީ ކުލަބްގައި މިހާތަނަށް ހިމެނުނު ރާއްޖޭގެ ފުރަތަމަ އަދި ހަމަ އެކަނި ކުޅުން ތެރިޔާ ވެސް މެއެވެ. މި ލިސްޓްގައިވާ ގޮތުން އިމްރާން ވަނީ ގައުމީ ޓީމަށް 109 މެޗު ކުޅެފަ އެވެ. 

މިދިޔަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި އިމްރާނުގެ ނަން އިތުރުކޮށްފައިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ފީފާ އިން އާއްމުކުރި އަޕްޑޭޓެޑް ލިސްޓުގަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ގޯލްކީޕަރު ޓްރެއިނަރުގެ މި ކާމިޔާބަށް، އެފްއޭއެމުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ފީފާ ސެންޗަރީ ކުލަބްގައި ހިމެނުމުގެ ޝަރަފު ލިބުމުން އިމްރާން ކުރި ޓުވީޓެއްގައި ބުނީ މި ލިސްޓުގައި ހިމެނުމަކީ ދިވެހި ފުޓުބޯޅައަށާއި އަދި އޭނާ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!