މެއި މަހުގެ އިންފްލޭޝަން ރޭޓް މައްޗަށް

މި އަހަރުގެ މެއި މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.05 ޕަސެންޓް މަތިވެއްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއޯއެސް) އިން ނެރެފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތައް ދައްކާ ގޮތުން މެއި މަހުގެ އިންފްލޭޝަން 0.05 ޕަސެންޓް ވަނީ މަތިވެފައިއެވެ.

އެންބީއޯއެސްއިން ނެރެފައިވާ ހިސާބުތަކަށް ބަލާލާއިރު މިދިޔަ މެއި މަހު އަގުތައް އެންމެ މައްޗަށް ގޮސްފައިވަނީ މޭވާ އާއި ތަރުކާރީގެ ބައިންނެވެ. މޭވާ އާއި ތަރުކާރީން 11.41 ޕަސެންޓް މަތިވެފައިވެ އެވެ. އަދި ދެ ން2.02 ޕަސެންޓް އެންމެ މަތިކޮށް އުޅެނީ މަހުގެ ބައިގެ އަގުތަކެވެ. މީގެ އިތުރުން މޮބައިލް ހިދުމަތްތަކުގެ ބައިން 0.65 ޕަސެންޓް މައްޗަށް ގޮސްފައިވއިރު ބިހާއި ކިރު ފަދަ ތަކެތީގެ ބައިން 0.56 ޕަސެންޓް އަދި އިންޓަނެޓުގެ ބައިން 1.16 ޕަސެންޓް ވަނީ މައްޗަށް ގޮސްފައެވެ. އަދި އެހެނިހެން މުއާސަލާތީ ހިދުމަތްތަކުގެ ބައިން 0.49 ޕަސެންޓް މަތިވެފައިވެ އެވެ.

މެއި މަހު އަގުތައް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހޮޓާ / ރެސްޓޯރެންޓް އަދި ކެފޭތައް 2.15 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. ތަރުކާރީގެ ބައިން 4.12 ޕަސެންޓް ދަށްވެފައިވެ އެވެ. ގޭގެ ކުލީގެ ބައިން 0.50 ޕަސެންޓް ދަށްވެފައިވެ އެވެ. ކުޅިވަރާއި ސަގާފީ ކަންތައްތަކުގެ ބައިން 14.04 ޕަސެންޓް ދަށްވެފައިވެ އެވެ. މީގެ އިތުރުން ޕެޓްސްގެ ބައިން 14.05 ޕަސެންޓް ދަށްވެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!