10 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ދޮންބައްޕަ ހައްޔަރުކޮށްފި

އުމުރުން 10 އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.

ދޮންބައްޕަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ ބުދަ ދުވަހު އެވެ. އެނގިފައިވާ ގޮތުން އެކަން ފަޅާއެރީ 10 އަހަރުގެ އެ ކުއްޖާ ޔޫރިން އިންފެކްޓްވެގެން ޑޮކްޓަރަށް ދައްކަން ދިޔުމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޑޮކްޓަރަށް ތުހުމަތު ކުރެވިގެން ބެލި ބެލުމުންނެވެ. އަދި އެމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރީވެސް ޑޮކްޓަރުކަން އެނގިފައިވެ އެވެ.

އެމައްސަލާގައި 57 އަހަރުގެ ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފަ އެވެ. އެކަން ހިނގާފައިވަނީ ސެންޓްރަލް ޑިވިޝަން (ކ. އއ. އަދ. އަދި ވ. އަތޮޅު) ހިމެނޭ ރަށެއްގައި ކަަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަ އެއް ނުކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!