IruOnline

އަޖުމަ ބަލާލަން ޖާންވީ ގެ ޑައިޓް ޖައްސަބަލަ!

ޖާންވީ ކަޕޫރަކީ މަޝްހޫރު ފިލުމީ ތަރި ސުރީދޭވީގެ ދަރިފުޅެވެ. ރީތިކަމާއި ހުނަރުވެރިކަމުން ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ  ސުރީދޭވީ މަރުވުމާއެކު ކަހަލަ ގޮތަކަށް ފިލުމީ ދާއިރާއަށް ނިކުމެފައިވާ ޖާންވީގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި އޭނާގެ ކެއުން ބައްޓަން ކޮއްފައިވާ ގޮތް ވަރަށްބޮޑު ރޯލެއް ކުޅެއެވެ. ސްޓާރސް އަންފޯލްޑެޑް.ކޮމްއަށް ޖާންވީ ދީފައިވާ އިންޓަވިއުއެއްގައި މިވަނީ އޭނާ ކެއުން ގެންގުޅޭ ގޮތް ކިޔައިދީފައެވެ.

 ހެނދުނުގެ ސައި

ދުވަސް ފެށުމަށްޓަކައި ބޯލަނީ ފެންތައްޓެކެވެ. ހެނދުނުގެ ނާސްތައަށް އާއްމުގޮތެއްގައި ކައި އުޅެނީ ޓޯސްޓު ބެރެޑް، އެގް ވައިޓު ނޫނީ ސީރިއަލްއެވެ. ބުއިމަށް އަބަދުވެސް ބޭނުންކުރަނީ ޖޫސް ނޫނީ ކިރެވެ.

މެންދުރު ކެއުން

ގޭގައި ވިޔަސް އަދި ގެއިން ބޭރުގައި އުޅެންޖެހުނަށް ގޭގައި ތައްޔާރުކުރާ ކާނާ ކެއުމަށް ޖާންވީ ހާއްސަ އިސްކަމެއް ދެއެވެ. މެންދުރުގެ ކެއުމަށް ބުރައުން ރައީސްގެ އިތުރުން ކުކުޅު ސޭންޓްވިޗް ނޫނީ ހެލްތީ ސެލެޑްއެއް ބޭނުންކުރެއެވެ.

ރޭގަނޑުގެ ކެއުން

ރޭގަނޑު ކެއުން ނިދުމުގެ ތިން ގަނޑިއިރު ކުރިން ކާކަމަށް ޖާންވީ ބުނެއެވެ. އެއީ ހަޖަމު ވުމަށް ފަސޭހަވެ ހަށިގަނޑަށް ފައިދާހުރި ގޮތްކަމުގައިވެސް އޭނާ ފާހަގަކުރިއެވެ. ކެއުމަށްޓަކައި ފިހުނު މަހާއި ބަތް ނޫނީ ތަރުކާރީ ސޫޕް ބޭނުންކުރެއެވެ. އިތުރަށް ފެނުކެއްކި ތަރުކަރީ ނޫނީ ގްރީން ސެލެޑް ކައެވެ.

ޖާންވީގެ މި ޑައެޓް ޕްލޭނަށް ބަލާލާއިރު ގިނައިން ފެންނަށް ހުރި ތަރުކާރީގެ ބާވަތްތަކެވެ. ގިނައިން ތަރުކާރީއާއި މޭވާ ކެއުމަކީ މުހިއްމު ކަމެއްކަން އޭނާ މި އިންޓަވިއުގައިވެސް ފާހަގަކޮއްފައިވެއެވެ. އަދި އިތުރަށް އޭނާ ބުނެފައިވަނީ ހަކުރާއި ވީހާވެސް ދުރުވެ ޖަންކުފުޑް ކެއުން ހުއްޓާލަން ޖެހޭކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!