IruOnline

2023 ވަނަ އަހަރު ދިވެހި ލީގު މުޅި ރާއްޖެއަށް

ކުރިއަށް އޮތް ދައުރުގައި އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކޮށްލައިގެން ހޯމް އެންޑް އަވޭ ސިސްޓަމަށް ކުރިއަށް ގެންދިއުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު މީޑިޔާއާ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ލީބު ފުޅާކުރާއިރު ދިވެހި ލީގު ހިންގައި ކަންކަން ތަރުތީބުކުރުމަށް ޚާއްޞަ ބޮޑީއެއް އެކުލަވައިލައްވާނެ ކަމަށާއި އެކަން ކުރާނީ މިހާރު ސަރުކާރުން އެކި ރަށްރަށުގައި ތައްޔާރުކުރަމުންދާ ދަނޑުތަކާއި އެފްއޭއެމުން ބިނާކުރާ ދަނޑުތައް ނިމުމުން ކަމުގައި އޭނާ ވިދާޅުވިއެވެ.

 މޭލެ ސަރަހައްދުން ބޭރުގައި 14 ދަނޑެއް އެޅުމަށް ބޭނުންވާ ސާމުނު އޯގަސްޓް މަސް ނިމެންވާއިރަށް ދެކުނު ކޮރެއާއިން އަންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. މަސައްކަތް ފެށުމަށް ފަހު ޓާގެޓަކީ ކޮންމެ 30 ދުވަހަކުން ދަނޑެއް އެޅުމުގެ މަސައްކަތް ނިންމާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައްސާމުގެ ދައުރުގައި ގައުމީ ފުޓްބޯޅަ ޓީމުން ވަނީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!