ކަންގަނާ އާއި ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށައަޅައިފި

ބޮލީވުޑްގެ ފިލްމީތަރި ކަންގަނާ ރަނޯތްއާއި ދެކޮޅަށް މައްސަލައެއް ހުށައަޅައިފިއެވެ. މުމްބާއިގައި ޕޮލިހުގައި ފައިލުކުރެވިފައިވާ މި މައްސަލައަކީ އެޑުވޮކޭޓު އަލީ ކާޝިފު ޙާން ދޭޝްމުކު ހުށައަޅާފައިވާ މައްސަލައެކެވެ.

މިފަހުން އަނިޔާ، މާރާމާރީ އަދި މީހުން މެރުމަށް ހިއްވަރުލިބޭފަދަ ވާހަކަތަށް ފަތުރާކަމަށްބުނެ ކަންގަނާގެ ދައްތަ ރަންގޯލީގެ ޓްވިޓަރ އެކައުންޓުވެސް ވަނީ ސަސްޕެންޓު ކޮއްފައެވެ. ޙަބަރުލިބޭގޮތުގައި ކަންގުނާއާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައަކީ ރަންގޯލީގެ ވާހަކަތަކަށް ތާއީދުކޮށް ވާހަކަ ދައްކާފައިވާތީ ކަންގުނާގެ އެކައުންޓުވެސް ސަސްޕެންޑުކުރުމަށްއެދި ހުށައަޅާފައިވާ މައްސަލައެކެވެ.

އަދި މިމައްސަލައިގައި އިތުރަށް ބުނެފައިވަނީ ކަންގުނާއާއި އޭނާގެ ދައްތަ އެމީހުންގެ މަޝްހޫރުކަމާއި ފައިސާއާއި ބާރު ބޭނުންކުރަމުންދަނީ އަމިއްލަ ފައިދާއަށްޓަކައި މީހުންގެ ތެރޭގައި ނަފުރަތުއުފެދޭފަދަ ވާހަކަތަށް ޕުރޮމޯޓުކުރުމަށް ކަމަށެވެ.

މި މައްސަލައިގެ ފަހުން އިންޓަގުރާމުގައި ކަންގުނާ ހިއްސާ ކޮއްފައިވާ ވީޑިއޯއެއްގައި އޭނާވަނީ އޭނާ އާއި އޭނާގެ ދައްތަގެ އެފަދަ ގޯސް އަމަލުތަކަށް ހިއްވަރު ލިބޭގޮތަށް ކޮއްފައިވާ ޓްވީޓެއް އެއްވެސް މީހަކަށް ފެނިއްޖެނަމަ ރައްޔިތުންގެ ކުރިމަތީގައި މާފަށްއެދެން އެދެމީހުންވެސް ތައްޔާރު ކަމަށެވެ.

ކަންގުނާއަކީ ސުޝާންތު ސިންގު ރާޖުޕުތުގެ މަރާ ގުޅިގެން ބޮލީވުޑުގައި ހިގަމުންދާ ނިޕޮޓިޒަމުގެ ވާހަކަތަށްވެސް އެންމެ ބާރަށްދައްކާ އެއް ތަރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!