IruOnline

ކުޅިވަރު ކުޅުމުގައި އަމަލުކުރާނެ އާންމު އުސޫލު

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގައި ކުޅިވަރުުކުޅޭ ތަންތަން ބަންދުކުރުމަށް ނިންމާފައިވާ ނިންމުން އުވާލައި، މިއަދުން ފެށިގެން ކުޅިވަރު ކުޅޭ ތަންތަން ހުޅުވާފައި ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ ކޮވިޑް19 އާ ގުޅިގެން ކުޅިވަރުގެ ހަރަކާތްތައްް މެދުކަނޑާލުމަށްފަހު، އާ އާންމު ހާލަތުގެ މަރުހަލާގައި، އެކެއް ޖުލައި 2020 އިން ފެށިގެން ކުޅިވަރު ކުޅުމުގެ ހުއްދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދީފައިިވާ ކަމަށެވެ.

ކުޅިވަރު ކުޅޭ ތަންތަން ހުޅުވާލި ނަމަވެސް، ކުޅިވަރު ކުޅުމުގައި އަމަލުކުރުމަަށް، ޔޫތު މިނިސްޓްރީއާ އެޗްޕީއޭ އިން އެކުލަވާލާފައިިވާ، “ކުޅިވަރު ކުޅުމުގައި އަމަލުކުރާނެ އާންމު އުސޫލު” އަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.

އަދި ކޮވިޑް19 ގެ ހާލަތަށް ބަލައި ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރަންޖެހުމުގެ ފުރުސަތު އޮތްކަން ވެސް މިނިސްޓްރީން ވެސް ވަނީ ބަޔާންކޮށްފަ އެވެ.

“ކުޅިވަރު ކުޅުމުގައި އަމަލުކުރާނެ އާންމު އުސޫލު” ގައި ސަމާލުކަން ދޭންޖެހޭ ކަންކަން:

 • އެ ކުޅިވަރެއް ކުޅޭ ތަނެއްގައި، އެއްފަހަރާ ކުޅެވޭނީ ގިނަވެގެން 30 މީހުންނަށް
 • ކުޅޭއިރު މާސްކް ނޭޅުން
 • ކޮވިޑް19 ގެ އަލާމާތެއް ހުރި ނަމަ ކުޅިވަރު ކުޅުމުގައި ބައިވެރިނުވުން
 • ކުޅުންތެރިން ގެންނަ ދަބަސް ފަދަ ތަކެތި ދުރުދުރުގައި ބެހެއްޓުން
 • އެއް ކުޅުންތެރިޔަކު ބޭނުންކުރާ ބިބްސް ފަދަ ތަކެތި އަނެއް ކުޅުންތެރިޔަކު ބޭނުން ނުކުރުން
 • ގެއިން ނުކުތުމުގެ ކުރިންނާއި ކުޅެ ނިންމުމަށްފަހުގައި މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން އަތް ދޮވުން
 • އެކި ތަންތަނުގައި އަތް ލުމަށްފަހު، ނޭފަތާއި އަނގަޔާ ލޮލުގައި އަތް ނުލުން
 • ކުޅެ ނިމުމުން ގެއަށް ގޮސް އަތް ދޮވުމާއި، ޖޯޒީ ބަދަލުކޮށް އެއްޗެހި ދޮވުމަށްފަހު ނޫނީ އަލުން ބޭނުން ނުކުރުން
 • އަމިއްލަ ފެންފުޅި ބޭނުންކުރުން
 • ކޮންމެ ކުޅުންތެރިޔަކު ވެސް ސެނިޓައިޒާ ގެންގުޅުން
 • ސާފުތާހިރުކަމަށް އިސްކަން ދިނުން

ތާނަ ލެޓިން އިން ލިޔުއްވާ!