IruOnline

މާސްކް އަޅަން ހަދާން ކޮށްދިނުމުން ކުރި އަނިޔާއިން ހިތްފަޅައިގެން ގޮއްސި

ގިނަ ޤައުމުތަކެއްގައި ފުރަބަންދު ލުއިކޮށް އޮފީތަށް ހުޅުވާލާފައިވާއިރު މާސްކު އެޅުމާއި ސޯޝަލް ޑިސްޓެންސްއަށް ސަމާލުކަށް ދިނުމަށް ވަނީ ގޮވާލާފައެވެ.

އެހެން ނަމަވެސް އޮފީހުގައި އެކުގައި މަސައްކަތްކުރާ އަންހެނަކު އޭނާއާއި އެކު މަސައްކަތްކުރާ ފިރިހެނަކަށް މާސްކު އެޅުމަށް ހަނދާންކޮއްދިނީތީ ކަމަށްބުނެ އެތަށް އަނިޔާއެއް ކުރާ ވީޑިއޯއެއް މިވަނީ އާއްމުވެފައެވެ.

ސީސީޓީވީ ކެމެރާ މެދުވެރިކޮށް ނެގިފައިވާ މި ވީޑިއޯގައި ހަށިގަނޑުން ވަރުގަދަ ފިރިހެނަކު އަންހެންމީހާ އިށީދެ އިންނަ ގޮނޑިއާއި އެކު ދަމާ ބިންމައްޗަށް ވައްޓާލައެވެ. ބިއްމަތީގައި ބާއްވައިގެން އެކި އެކި އާލާތްތަކުން ހަމަލާދޭ މަންޒަރު ފެނެއެވެ. މޭޒުމަތީގައި ހުންނަ ބަރު ފަދަ ތަކެތިންނާއި ހަލާކުވެފައި އޮތް ގޮނޑީގެ ބައިތަކުންނެވެ. އެކަން ހުއްޓުވުމަށްޓާކައި އެހެން މުވައްޒަފުން މަސައްކަތްކުރާ މަންޒަރުވެސް ފެނިގެންދެއެވެ.

މިކަން ހިގާފައިވަނީ ސައުތު އިންޑިއާގެ ނެލޯރޭ ސިޓީގައެވެ. އޫޝާރާނީ ނަމަކަށްކިޔާ މި އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއްވެ ފަރުވާދެމުންދާކަމަށް އިންޑިއާގެ ނޫހެއްކަމަށްވާ ޑެއިލީ މެއިލްއިން މައުލޫމާތު ލިބެއެވެ.

އެ އަމަލު ހިންގި ފިރިހެން މީހާ ރާއޮ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް މައުލޫމާތު ލިބެއެވެ. އަދި މިފަދަ މައްސަލަތަށް ވަރަށް އިސްކަމެއް ދީގެން ބަލާނެކަން ނެރޯލޭގެ ޕޮލިހުން ކޮއްފައިވާ ޓްވީޓެއްގައިވަނީ ހާމަ ކޮއްފައެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!