IruOnline

މޯލްޑިވިއަންއިން ކުޅުދުއްފުށްޓާއި އައްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ރާއްޖޭގެ އެންމެ އުތުރާއި ދެކުނު ވައިގެ މަގުން ގުޅުވާލަދިނުމަށް އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ސީދާ ދަތުރު ފަށަން މޯލްޑިވިއަންއިން ނިންމައިފިއެވެ.

މޯލްޑިވިއަންއިން ޢާއްމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން ކުޅުދުއްފުށްޓާއި އައްޑޫއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާގޮތަށް ވަނީ ޝެޑިއުލްކޮށްފައެވެ. މި ދަތުރުގެ ޓިކެޓްގެ އަގަކީ ކޮޅަކަށް 1444 ރުފިޔާއެވެ. މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީން އައްޑޫ ސިޓީ ގަމަށް، އަދި ހޮނިހިރު ދުވަހު އައްޑޫސިޓީ ގަމުން ކުޅުދުއްފުށި ސިޓީއަށެވެ.

މި ދަތުރުގައި ބޯޓަށް ތެޔޮ އަޅަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓްރާންސިޓެއް ކުރާނެއެވެ. މޯލްޑިވިއަނުން ބުނީ ތެޔޮ އަޅަން ވިއްސަކަށް މިނެޓް ޓްރާންސިޓްކުރާއިރު ފަސިންޖަރުން ބޯޓްގައި މަޑުކުރާނެ ކަމަށެވެ. މިއީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން މި ދެ ސަރަހައްދުގައި އިޤްތިޞާދީ ހަރަކާތްތަކެއް ހިންގޭނެ މަގު ފަހިކުރުމުގެ ގޮތުން ޝެޑިއުލްކުރާ ދަތުރުތަކެއްކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

  1. މި ޚަބަރު މިހާރު ތަންކޮޅެއް ގިނައިން އެން އެބަ އާދޭ ބޮޑު އުނދަގުލަކަށް ވެއްޖެ

    0
    0

ތާނަ ލެޓިން އިން ލިޔުއްވާ!