IruOnline

އިންޑިއާގައި ތިބި 85 ދިވެހިން ރާއްޖެ ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އަވަށްޓެރި އިންޑިޔާގައި ތިބި 85 ދިވެއްސަކު ރާއްޖެއަށް ގެނެސްފި އެވެ.

ގައުމީ އެއާލައިން އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އިންޑިޔާގެ ކޮޗިން އިން ރާއްޖެއަށް މިއަދު މޯލްޑިވިއަންގެ ފްލައިޓެއް ބާއްވާފައިވާ ކަމަށެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން އެގައުމުގައި ތާށިވެފައި ތިބި ބައެއް ދިވެހީން މި ދަތުރުގައި ރާއްޖެ ގެނެސްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. 

ކޮވިޑް-19 ގެ ސަބަބުން ބޭރުގައުމުތަކުގަ ތާށިވެފަިވާ ދިވެހިން ސަރުކާރުން ދަނީ ގެންނަމުންނެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!