IruOnline

މާދަމާއިން ފެށިގެން ކެފޭ އާއި ރެސްޓޯރަންޓްތައް ހުޅުވާލަނީ

ކެފޭ ރެސްޓޯރެންޓްތަކުގައި އާންމުން ކައިބޮއެ ހެދުމަށް މާދަމާއިން ފެށިގެން ހުޅުވާލަން ނިންމާފައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނިއު ނޯމަލްގެ ދަށުން މާދަމާ އަލުން ކެފޭ ރެސްޓޯރެންޓްތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ލޮކްޑައުން އަށް ލުއި ދިނުމުގެ ގޮތުން އާ އާންމު ހާލަތުގައި ކެފޭ އަދި ރެސްޓޯރަންޓް ތަކާއި ޓޭކްއަވޭގެ ހިދުމަތް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއެކު ހުޅުވާލެވޭނެ ކަމަށް މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއުލާން ކޮށްފައެވެ.

ނަމަވެސް ގިނައިން މީހުން އެއްވާ ތަންތަނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ގައިދުރުކަން އިސްކޮށް މާސްކުފަދަ އަޅައިގެން ތިބުމަކީ އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށާއި ފިހާރަތަކަށް ވެސް އެންމެ ގިނައިން ވަދެވޭނެ މީހުންގެ އަދަދު ފާހަގަކޮށް، ގައިދުރުކަން ބެހެއްޓޭނެ ގޮތައް ފާހަގަތައް ޖަހާފައި ބަހައްޓަން ޖެހޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!