IruOnline

މަދަމާއިން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަޙައްދުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާއިރު، ޖުލައި 01 އަކުން ފެށިގެން އަލުން ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ވިދާޅުވީ ނިއު ނޯމަލްގައި ދޭ ލުއިތަކުގެ ދަށުން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި މާދަމާ އިން ފެށިގެން ނަމާދު ކުރެވޭނެ ކަމަށެވެ.

މާދަމާއިން ފެށިގެން މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާއިރު، ނިއު ނޯމަލްގެ އުސޫލުތަކާއެއް އެއްގޮތަށް މާދަމާއިން ފެށިގެން އޮފީސްތަކާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭގެފަހުން މާލޭގައި ކޯވިޑް ފެތުރެން ފެށުމުން މިސްކިތްތައްވެސް ބަންުދުކުރިއެވެ. އަދި ލޮކްޑައުންއަށް ލުއި ދިނުމަށްފަހު، ޖަމާޢަތް ނުހަދާ މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ މިމަހުގެ 14 ވަނަ ދުވަހު ވަނީ ދީފައެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!