IruOnline

ސާފު ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

މި އަހަރު ބާއްވަން ކަނޑައަޅާފައިވާ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަސްކުރީ، ކޮވިޑާ ގުޅިގެން ސިއްހީ އާއްމު ހާލަތު ހުރި ގޮތުން މި އަހަރު މުބާރާތް ބޭއްވޭނެކަމަށް ނުފެންނާތީ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރީ، ހޯމަ ދުވަހު ސާފުގެ މެންބަރު ގައުމުތަކުގެ ސެކެއްޓްރީ ޖެނެރަލުންނާއި އެކު ބޭއްވުނު ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު އެވެ. ކުރިން ކަނޑައަޅާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު ޑާކާގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާށެވެ. މުބާރާތް އަންނަ އަހަރަށް ފަސްކުރަން ނިންމި ނަމަވެސް މުބާރާތް ބާއްވާނެ ތާރީހެއް އަދި ކަނޑަނާޅަ އެވެ.

ސާފުގެ ސެކެއްޓްރީ ޖެނެރަލް އަންވަރުލް ހައްގާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެން މުބާރާތް ބާއްވަން ގަސްދުކުރާ ތާރީހެއް ޖުލައި މަހުގެ ތެރޭގައި ނިންމަން ސާފުގެ އެކްސްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސާފުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދިވެހިރާއްޖެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!