IruOnline

ފިލްމީ ދާއިރާއަށް ޕްރިޔަންކާ ނިކުތީ ހިންދީ ފިލްމަކުން ނޫން!

ޕްރިޔަންކާ ޗޯޕްރާ އެންމެ ފުރަތަމަ ކުޅެފައިވަނީ ތަމަޅަ ފިލުމެއްކަން އެނގޭ ހެއްޔެވެ؟ އާއެކެވެ. ޕްރިޔަންކާ ވަނީ އެފިލުމުގައި ލަވައެއްވެސް ކިޔާފައެވެ.

ތަމިލް އެކްޓަރ ތެލަޕަތީ ވިޖޭއާއި އެކު އޭނާ ކުޅެފައިވާ ފިލުމަށް ލަވަކިއުމުގެ ފުރުސަތުވެސް ޕްރިންކާއަށް ހޯދައިދީފައިވަނީ ވިޖޭއެވެ. އެލަވައިގެ ކޮމްޕޯސަރ ޑި އިއްމާނު ކުރީގެ އިންޓާވިއުއެއްގައި ބުނެފައިވާ ގޮތުގައި އެލަވަ ކިއުމަށް ޕްރިޔަންކާ އެކަށީގެން ވާކަމަށް ބުނެފައިވަނީ ވިޖޭއެވެ. އަދި ވިޖޭއަށް ޕުރިޔަންކާގެ އެހުނަރު ހުރިކަން ފާހަގަވެފައިވަނީ ފިލްމު ޝޫޓިންގެ ތެރޭގައި ޕްރިޔަންކާ ކޮންމެވެސް ވަރަކަށް ލަވަކިޔާ އަޑު އިވިފައި ހުރުމުންކަމަށްވެސް އިންޓަވިއުގައި ޑީ އިއްމާން ބުނެފައިވެއެވެ.

2002ވަނަ އަހަރު ނެރެފައިވާ އުއްލަތައި ކިއްލަތެ ކަމަކަށް ކިޔާ މިލަވައިގައި ޕްރިޔަންކާ އާއި އެކު ލަވަ ކިޔާފައިވަނީ ތަމިޒްޙާންއެވެ.

ޕުރިޔަންކާ ޗޯޕްރާ އަކީ 2000ވަނަ އަހަރު މިސް ވޯލްޑު ލިބުނު ފަހުން ގިނަ ބައެއްގެ ތަރުޙީބު ހޯދަމުން އަންނަ ބޮލީވުޑް އަދި ހޮލީވުޑުގައިވެސް ފިޔަޖަހާ ތަރިއެކެވެ. ޕުރިއަންކާ ފިލްމީ ދާއިރާގެ ހުރިހާ ހަރުފަތެއް ކަނޑަތުކުރަމުންގޮސް މިހާރު އެހުރީ އެންމެންނަށް އެނގޭ ކާމިޔާބު އެކްޓެރެސްއެއްގެ ގޮތުގައެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!