IruOnline

ޖަޕާނުގެ ދެމަފިރިއަކު ޕޮޒިޓިވް ވުމާއި އެކު ކޮވިޑް ގެ ބިރުވެރިކަން ހަވާއީއަށް

ހަވާއީ އަކީ އާބާދީގެ ގޮތުން ބަލާއިރު މިހާތަނަށް ކޮވިޑް-19ގެ އަސަރުކޮއްފައި ނިސްބަތުން އެންމެ ކުޑަ އެއް  ތަނަކަށް ވީނަމަވެސް މިފަހުން މިވަނީ ކޮވިޑުގެ ބިރުވެރިކަން ފެތުރިދާނެފަދަ އަލާމާތްތަކެއް ފެނިފައެވެ. ހަވާއީގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އެބުރި ޤައުމަށްދިޔަ ޖަޕާނުގެ ދެމަފިރިއަކަށް ކޮވިޑުޖެހިފައިވާކަން ހާމަވުމާއެކު ހަވާއީގެ ޑޮކްޓަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް މިވަނީ ފައުޅުކޮއްފައެވެ. 

ހަވާއީގައި ހޭދަކުރި ދުވަސްތަކުގައި އެކި އެކި ރެސްޓޯރެންޓުތަކާއި ޝޮޕިންގު މޯލްތަކުގައިވެސް މިދެމަފިރިން ހަރަކާތްތެރިވެފައިވާއިރު ގިނަ ބަޔަކާއި ބައްދަލުވެފައިވާކަންވެސް މިހާތަނަށް ހޯދި ކޮންޓެކްޓް ޓްރޭސިންގު އިން ވަނީ ހާމަވެފައެވެ.

ލިއުޓެނެންޓު ގަވާނާރ އެންޑް ޕްރެކްޓިސިންގެ އެމަރޖެންސީގައި މަސައްކަތްކުރާ ޑޮކްޓަރެއް ކަމަށްވާ ޖޯޝް ގުރީން ބުނެފައިވަނީ މިއީ އައިސްދާނެތީ ވަރަށް ކަންބޮޑުވި ހާލަތެއް ކަމަށާއި އެހެން ނަމަވެސް އިސާހިތަކު ގިނަ ބަޔަކު ކޮވިޑްގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރު މިހާރު އެބައޮތްކަމަށެވެ.

މިހާތަނަށްވެސް ހަވާއީގައި މިކަން ކޮންޓްރޯލު ކުރެވިފައިވަނީ އެންމެން އެކީގައި ގުޅިގެން ކުރިމަސައްކަތުންކަން ފާހަގަކުރަމުން އެޗްއެމްއެސްއޭގެ ސީއީއޯ ބުނެފައިވަނީ ވަށައިގެން އޮތްކަނޑު މިކަމުގައި ވަރަށްބޮޑު އެހީއަކަށް ވެގެންދިޔަކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ނެގި އަވަސް ފިޔަވަޅުތަކުގެ އިތުރުން ސިއްޙީދާއިރާގެ ބޭފުޅުން ކުރިއާލައި ފެށި ބުރަމަސައްކަތްވެސް ވަނީ ފާހަގަކޮއްފައެވެ.

ކޮރެންޓީނުކުރުމާއި ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތްކުރަމުންދާގޮތް އެހެން ޤައުމުތަކުންވެސް ބަލަމުން އަންނަކަންވެސް ސީއީއޯ އުފަލާއެކު ފާހަގަކުރިއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!