IruOnline

ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ބަޔަކު ތަފާތެއް ނުކުރާނެ: ނައިބު ރައީސް

ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ބަޔަކު ތަފާތު ނުކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ހުޅުމީދޫގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތަކާއި، ޞިއްޙީ ޚިދުމަތުގެ އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހުޅުދޫމީދޫގެ ކަމާގުޅޭ ފަރާތްތަކާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ހުޅުދޫމީދުއަށް ނިޞްބަތްވެ ވަޑައިގަންނަވާ ޑޮކްޓަރުންނާއި، ޞިއްހީ ދާއިރާގެ ބައެއް ބޭފުޅުން އިސްނަންގަވައިގެން ހުޅުދޫއާ މީދޫގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި މީގެ ތެރެއިން ހުޅުމީދާއާއި އަދި މުޅި އައްޑޫސިޓީއަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދެވުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލި އަޅުއްވައިލެއްވިއެވެ.

މީގެއިތުރުން ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ބަޔަކު ތަފާތުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަމާއި، އޭގެ ބަދަލުގައި އަބަދުވެސް މަސައްކަތްކުރައްވާނީ އެންމެބޮޑަށް ބޭނުންޖެހިފައިވާ ތަންތަނަށް އިސްކަންދީގެން މައްސަލަތައް ޙައްލުކުރެއްވުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ހުޅުދޫމީދޫއަށް ނިޞްބަތްވެ ވަޑައިގަންނަވާ ބޭފުޅުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ މިނިސްޓްރީތަކާއެކު އިތުރު ބައްދަލުވުންތައް ބާއްވަވައިގެން މަސައްކަތްކޮށްދެއްވުމަށް މި ބައްދަވުމުގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުޅުދޫމީދުއަށް ނިޞްބަތްވެ ވަޑައިގަންނަވާ ޑޮކްޓަރުންނާއި، ޞިއްޙީ ދާއިރާގެ ބޭފުޅުން ވަނީ ހުޅުދޫމީދޫގައި މިހާރު ހުރި ހެލްތު ސެންޓަރުގެ ޚިދުމަތްތައް އަޕްގްރޭޑްކުރުމާ ގުޅޭގޮތުންނާއި އަދި ބައެއް އައު ޚިދުމަތްތައް އެތަނުގައި ތަޢާރަފްކުރުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވައި އެކަމުގައި އެބޭފުޅުންގެ ހުށަހެޅުއްވުންތަކާއި، އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

  1. ސަރުކާރު ހިއްސާވާ ކުންފުނިތަށް ބަލަނީ ކިހިނެއްތޯ މިހރންމިދެންނެވީ އަޅުގަޑަށް އެގިފަވާގޮތުން އެކުންފުނިތަށްވެސް އަމަލުކުރަންޖެހެނީ އެއުސޫލުންނެވެ. ޚުންފުނިތަކުގެ މުއައްޒިފުންގެ މުސާރަ ހަދަނީ މިމަހުގެ 20 އިން އަންނަމަހުގެ 20 އަށެވެ. ޟިމިހުނެ 30 ހަށް އެރިއިރު ހުސްވިމަހުގެ މުސާރަ ނުދޭ ކުންފުނިތަށް އެބަހުއްޓެވެ. ޅަސްވެގެން 25 ހަށް އަރާއިރު މުސާރަ ދެވެންޖެހޭނެއެވެ.

    0
    0

ތާނަ ލެޓިން އިން ލިޔުއްވާ!