ބީއެމްއެލްގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އިތުރަށް ލީކުވިޔަނުދޭން އެމްއެމްއޭއިން އެޅި ފިޔަަޅުތައް ކޮމިޓީއާ ހިއްސާކުރަން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އިތުރަށް ލީކުވިޔަ ނުދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އާ ހިއްސާކުރުމަށް އެމްއެމްއޭއަށް ހުށަހެޅުމަށް ނިންމައިފިއެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުގައި ކަސްޓަމަރުންގެ ކާޑޫގެ މައުލޫމާތު ލީކުވި މައްސަލައާ ބެހޭގޮތުން މެންބަރުން ވާހަކަ ދެއްކުމަށްފަހު، އެކަން ހިނގާފައިވާ ގޮތް ބެލުމަށް އެމްއެމްއޭއަށް ހުށަހެޅުމަށްވެސް ނިންމިއެވެ.

ކޮމިޓީން އެ ކަންތައްތައް އެމްއެމްއޭއަށް އެންގުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބީއެމްއެލްގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތަކެއް ލީކުވުމާ ގުޅިގެން ބޭންކުން ބުނެފައިވަނީ، އެ މައުލޫމާތު ލީކުވީ ބޭންކުން ނޫން ކަމަށާއި އެ މައުލޫމާތުތައް ލީކުވީ އިންޓަނެޓް ވިޔަފާރިކުރާ ވެބްސައިޓުތަކުން ކަމަށެވެ.

އެކަމާ ގުޅުގެން ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނެފައިވަނީ، އެ ހާދިސާގައި 500 އަށްވުރެ ގިނަ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ޑާކް ވެބުގައި ލީކުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވާން ފެށުމުންނެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުގައި ކަސްޓަމަރުންގެ މައުލޫމާތު ލީކުވި މައްސަލައާ ބެހޭގޮތުން މެންބަރުން ވާހަކަ ދެއްކުމަށްފަހު، އެކަން ހިނގާފައިވާ ގޮތް ބެލުމަށް އެމްއެމްއޭއަށް ހުށަހެޅުމަށްވެސް ނިންމިއެވެ.

ކޮމިޓީން އެ ކަންތައްތައް އެމްއެމްއޭއަށް އެންގުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

ބީއެމްއެލުން ބުނީ ބޭންކުގެ ތެރެއިން ކާޑުގެ މައުލޫމާތު ލީކުވެފައި ނުވާ ކަމަށާއި ނަމަވެސް ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވެބްސައިޓުތަކުން އިންޓަނެޓް ވިޔަފާރިކޮށްފައިވާ 350 ކާޑެއްގެ މައުލޫމާތު ލީކުވެފައިވާ ކަމަށެވެ. 

ބީއެމްއެލުން ބުނީ އެ 350 ކާޑު ޑީއެކްޓިވޭޓްކޮށްފައިވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!