ދަ ސަން ސިޔާމް އިރުފުށި ރިސޯޓުގެ މެނޭޖަރަކު ދަން ޖެހިގެން މަރުވެއްޖެއެވެ.
ދަންޖެހިގެން މަރުވެފައި ވަނީ އެ ރިސޯޓުގެ އެޑްމިނިސްޓްރޭޝަން މެނޭޖަރެވެ. އޭނާއަކީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ މީހެކެވެ.
އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ކޮޓަރީ ތެރޭގައެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އަދި އެނގިފައެއް ނުވެއެވެ.