ހާލުބޮޑު ތިން މީހަކު ޑީއެޗް11 އަށް ބަދަލުކޮށްފި

ކޮވިޑް ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޓްރީޓޮޕް، ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ދެ މީހުން، ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ އެ ތިން މީހުން މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ކޮވިޑަށް ފަރުވާދޭ ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ހާލަތު ކްރިޓިކަލް ކަމަށްވެސް ވަނީ ބުނެފައެވެ. އޭގެ ތެރެއިން ދެ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

އަދި ޑީއެޗް11 އަށް އެމީހުން ބަދަލުކުރި ނަމަވެސް އެމީހުންގެ ހާލަތު ކައިރިން މޮނިޓާކުރާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. 

އެމީހުން އެ ހޮސްޕިޓަލަށް ބަދަލުކޮށްފައި މިވަނީ ޓްރީޓޮޕް ހޮސްޕިޓަލް އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހު، އާންމު ހާލަތަށް ގެންނަން މަސައްކަތް ކުރަމުންދާތީ އެވެ.

ހަމައެކަނި ކޮވިޑް-19 އަށް ފަރުވާދޭ ތަނެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލު ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!