IruOnline

ލަންކާގެ ފުލުހުން ހައްޔަރުކުރި ދިވެހި އާއިލާގެ އިސް މީހާ ފުލުހަށް ހާޒިރުވެއްޖެ

އަވަށްޓެރި ސްރީލަންކާގެ ފުލުހުން ހައްޔަރުކުރި ދިވެހި އާއިލާގެ އިސް މީހާ ހޯދުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ކުރަމުންދަނިކޮށް އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ އާއިލާ ހައްުޔަރު ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ލަންކާގައި ދިރިއުޅެމުންދާތީ އެވެ. އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ވިސާ ނެތި ފަސް އަހަރު ލަންކާގައި އުޅެފައިވާ މީހެއް ވެސް ހިމެނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ތިން ކުޑަކުދިންނެވެ.

ދިވެހި އެ އާއިލާ ދިރިއުޅެމުންދިޔަގެ ލަންކާ ފުލުހުން ފާސްކޮށް އެމީހުން ހައްޔަރު ކުރިއިރު އެ އާއިލާގެ އިސް މީހާ ގޭގައި ނެތް ކަމަށް އެނގިފައި ވެއެވެ. އެމީހާ ގެއަށް އައިސްފައި ވަނީ ފުލުހުންގެ އޮޕަރޭޝަން ނިމުނު ފަހުންނެވެ.

އަދި އޭނާ މިހާރު ވަނީ އެ ގައުމުގެ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައެވެ. އެއީ ގދ. ތިނަދޫއަށް ނިސްބަތްވާ މީހެކެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވަކި އެއްޗެއް ނުބުންޏެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!