އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމުގެ އަމުރެއް އީރާނުން ނެރެފިއެވެ.
އިރާނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމަށް އަމުރު ނެރެފައިވަނީ ބަގްދާދަށް ދިން ހަމަލާގައި އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރ، ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލި މައްސަލައާއި ގުޅިގެން ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ވަނީ ބުނެފައެވެ.
ތެހެރާނުގެ ޕްރޮސިކިއުޓާއަލި އަލްގަސިމް ބުނެފައިވަނީ ސުލައިމާނީގެ މަރުގެ ތުހުމަތު ޓްރަމްޕްގެ އިތުރުން އެހެން 30 މީހަކަށް ކުރެވޭ ކަމަށެވެ. އެގޮތުން އެމީހުންނަށް ޓެރެރިޒަމްގެ ދައުވާއާއި މީހަކު މެރުމުގެ ދައުވާ ކުރެވޭނެ ކަމަށެވެ.
ޓްރަމްޕް އިތުރުން އެހެން މީހުން ވެސް މިކަމުގައި ބައިވެރިވާކަމށް ބުނެފައިވާއިރު އޭނާ އެމީހުންގެ ނަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
ޓްރަމްޕް ހައްޔަރު ކުރުމަށް އިންޓަޕޯލްގައި އެދިފައިވާތީ، އިންޓަޕޯލް އިން ވަނީ ކޮމިޓީ އާއި ބައްދަލު ކޮށް، އެކަން ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ މަޝްވަރާ ކޮށްފައެވެ. މީގެ ތެރެއިން އެކަމުގެ މައުލޫމާތު އެހެން ސްޓޭޓްތަކުގެ މެމްބަރުންނަށް ހިއްސާ ކުރެވޭނެއެވެ. އިންޓަޕޯލް އިން މިފަދަ މައުލޫމާތު އާންމު ނުކުރެއެވެ. އެހެން ނަމަވެސް ބައެއް ކަހަލަ މައުލޫމާތު އިންޓަޕޯލްގެ ވެބްސައިޓްގައި ހިމެނެއެވެ.
އެމެރިކާއިން ދިން ހަމަލާގައި ސުލައިމާނީ އަވަހާރަ ވެފައިވަނީ އިރާނުގެ ވެރިރަށް ބައުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ހަމަލާގައި އިރާގުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލާފައެވެ.