ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކުރަން ފަށައިފިއެވެ.
ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކުރަން ފަށާފައި ވަނީ، މިދިޔަ ހުކުރު ދުވަހުގެ ފަތިހު ސަފާރީއެއްގައި ބިދޭސީއަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިން ތިބީ މަޖީދީމަގުގައެވެ. އެގޮތުން މުޒާހަރަގެ ބައިވެރިން ދަނީ އިންސާފު ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޖިންސީ ގޯނާ ކުރުމާ ރޭޕް ކުރުމާ ދެކޮޅަށް އަދި ކުޑަކުދިން ހިމާޔަތް ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
ޖެންޑާ މިނިސްޓްރީ ކުރިމަތީ މުޒާހަރަަ ކުރަން ފަށާފައިވައިރު، މިދިޔަ ޖެނުއަރީ މަހު ވެސް ވަނީ ރޭޕް ކުރުމާ ޖިންސީ ގޯނާއާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކޮށްފައެވެ.