އޮންލައިން ޝަރީއަތުގެ ބިލް ފާސްކޮށްފި

ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ ފަދަ ހާއްސަ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރެވޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރެވޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މަޖިލީހުގެ ޖުޑިޝަރީ ކޮޮމެޓީން ފާސްކުރީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ.

ބިލު މިހާރު އޮތް ގޮތުން ހާއްސަ ހާލަތްތަކުގައި އޮންލައިން ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ ވަކި ބާވަތްތަކުގެ އަޑުއެހުންތަކެވެ. އެއީ ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި އިބްދިތާއީ އަޑުއެހުންތައް ފިޔަވައި އެހެން އަޑުއެހުންތަކެވެ.

އެނޫން އެހެން އަޑުއެހުމެއް ބާއްވާ ނަމަ ދައުވާ ލިބޭ މީހާގެ ރުހުން ހޯދަން ބިލުގައި ވަނީ ލާޒިމް ކޮށްފައެވެ. މީގެއިތުރުން ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތަކާއި ސިިކުނޑީގެ އުނިކަމެއް ހުންނަ އެއްވެސް މީހެއްގެ މައްސަލަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބެލުން އެ ބިލުން މަނާވެގެން ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!