އެމިރޭޓްސް ޖުލައި 16ގައި ރާއްޖެއަށް ފަށަނީ

އެމިރޭޓްސް އެއަރލައިންގެ ދަތުރުތައް އަންނަމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

އެމިރޭޓްސް އެއާލައިނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އަންނަ މަހުގެ 16 އިން ފެށިގެން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީ އާއި ރާއްޖެއާއި ދެމެދު ކަމަށެވެ.

މި ފްލައިޓްތައް އޮންނާނީ ބުރާސްފަތި ދުވަހާއި ހުކުރު އަދި ހޮނިހިރު ދުވަހާއި އާދީއްތަ އަދި ހޯމަ ދުވަހު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!