ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ރިޕޯޓްތައް ހޯދަން ކޮމިޓީން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ އިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓާއި އެ މައްސަލައާ ގުޅުންހުރި ހުރިހާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ދޭން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަން މިއަދު ފާސްކޮށްފި އެވެ.

އެސްޓީއޯގެ ޗެއާމަންކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވިއިރު އެ ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި، ބޭރުގެ އެކައުންޓިން ފާމްއެއްކަމަށްވާ ގްރާންޓް ތޯޓަންއާ ހަވާލުކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވަނީ ނިންމުންތަކެއް ނިންމައިފަ އެވެ. އެ ކޮމެޓީން ފާސްކުރީ ގްރާންޓް ތޯންޓަން އާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާއި އެ އޮޑިޓް ފާމުން ތައްޔާރުކުރި ރިޕޯޓްގެ އިތުރުން އެ މައްސަލަ ތަހުގީގުކުރުމަށް އޭސީސީން ކޮށްފައިވާ ހުރިހާ މަސައްކަތެއްގެ ލިޔެކިޔުން ހޯދުމަށެވެ. އެގޮތަށް ފާސްކުރީ ކޮމެޓީއަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!